- Advertisement -ad image

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް!

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ހަތް ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދާއްކާގޮތުގައި މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް 168،647 ފަތުރުވެރިން އައިސްފައިވެއެވެ. މިއީ މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު، 12.3 އިންސައްތައިގެ ކުރިއެރުމެވެ.

ރާއްޖެއަށް މި އަހަރުވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަމުންދަނީ ޗައިނާއިންނެވެ. އެ ޤައުމުން ޜާއްޖެއަށް 83،835 ފަތުރުވެރިން އައިސްފައިވެއެވެ. މީގެއިތުރުން ދެވަނައިގައި އޮތް ރަޝިއާއިން 77،632 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިން ވަނައިގަ އޮތީ 75،253 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތެވެ.

ޓޫރިޒަމް މިނިސްޓްރީގެ މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6000 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އަދި މި މަހުގެ ތެރޭގައި ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުގެ އެއް މިލިޔަނަށް އަރާނެކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ