- Advertisement -ad image

މާލެ އަދި ހުޅުމާލޭގައި ޑެންގީ އާއި ޗިކުންގުންޔާ ހަލުވިކަމާއެކު ފެތުރެނީ!

ad image

ގުޅުންހުރި ލިޔުންތައް

މާލެ އަދި ހުޅުމާލެއިން ރިޕޯޓުކުރާ ޑެންގީ ހުމާއި ޗިކުންގުންޔާގެ ކޭސްތައް ބޮޑުތަނުން އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 4 މެއިގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީ ހުމުގެ ޖުމްލަ 440 ކޭސްވަނީ ރިޕޯޓުކޮށްފައެވެ. އެތަނުން 140 ކޭސް ރިޕޯޓުކޮށްފައިވަނީ ހުޅުމާލެއިންނެވެ. މާލެއިން ރިޕޯޓުކޮށްފައިވަނީ 47 ކޭސް އެވެ.

މީގެއިތުރުން ކ، ނ، ހދ.، ރ، ގދ. އަދި އައްޑޫއިން މި ޑެންގީގެ ކޭސްތައް ރިޕޯޓުކުރަމުންދާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޑެންގީގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހުސްވި އޭޕްރިލް މަހުގައެވެ. އަދި ހުސްވި ހަފްތާގައި އެކަނިވެސް ޑެންގީގެ 40 ކޭސް ރިޕޯޓުކޮށްފައިވާކަމަށް ބުނެފައި ވެއެވެ.

މީގެއިތުރުން އަހަރުގެ މިހާތަނަށް ޗިކުންގުންޔާގެ ވެސް 240 ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެތަނުން އެންމެ ގިނަ ކޭސް ފެނިފައިވަނީ މާލެއިންނެވެ. މާލެއިން މި ބައްޔަށް 193 މީހުން ޕޮޒިޓިވްވެފައި ވެއެވެ. އަދި ހުޅުމާލެއިން 40 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

މިއަހަރވެސް ޗިކުންގުންޔާގެ ކޭސްތައް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ހުސްވި އޭޕްރިލް މަހުގައެވެ. އަދި ހުސްވި ހަފްތާގައި އެކަނިވެސް 117 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

ޗިކުން ގުންޔާއާ ޑެންގީ ހުން މިދުވަސްވަރު ހަލުވިކަމާއެކު ފެތުރެމުންދާތީ ބަލިން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަދިވެސް އެކަށީގެން ވާގޮތަކައް އެކަމެއް ނުކުރެވޭ ގޭގެއައްއައިސް ފެންހަރުލާ ގޮތައް ހުރިތަންތައް ދެނެގަތުމުގެ މަސައްކަތް ކުރާތަނެއް ނުފެނޭ މަދިރި އާލާވާ ތަންތަނަކީ ކޮބައިކަން ޗެކުކުރާތަނެއް ނުފެނޭ މިކަންތައްތަކަކީ ވެސްކުރުން މުހިންމު ކަމެއްކަމައް ފެނޭ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ