test
- Advertisement -ad image

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އާ މެންބަރުން ހުވާކުރައްވައިފި އެވެ.

އާ މަޖިލީހަށް ހޮވުނު 93 މެމްބަރުން މިއަދު ވަނީ ހުވާކުރައްވާފައެވެ. މެމްބަރުންނަށް ހުވާލައިދެއްވާފައިވަނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒު މުއުތަސިމް އަދުނާނުއެވެ. މި މެމްބަރުން އާ މަޖިލީހަށް މެންބަރުން އިންތިހާބުކުރީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.

މިއަދު ހުވާކުރި މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީ އިންނެވެ. އެގޮތުން ޕީއެންސީން އެކަނި އިންތިހާބުގައި 66 ގޮނޑި ކާމިޔާބުކުރި އެވެ. އަދި އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި 9 މެންބަރަކުވެސް ވަނީ ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ. އެހެންކަމުން ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ 75 މެންބަރުން ތިއްބަވާނެއެވެ.
ވިހި ވަނަ ރައްޔިތުން މަޖިލީހުގައި ފިރިހެން 90 މެމްބަރުން ތިއްބެވިއިރު، އަންހެން ތިއްބެވީ ތިން މެމްބަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ