އަލަށް ލިބުނު 150 ކޯޓާގައި ޙައްޖަށްދާ މީހުން ހިމެނޭގޮތަށް، ޙައްޖުވެރިންގެ ފަހު ފްލައިޓް މިމަހުގެ 10ވަނަ ދުވަހު ފުރާނެކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފިއެވެ
ރާއްޖެއިން ޙައްޖަށް ދާ މީހުންގެ ދެވަނަ ފްލައިޓް މިހާރު ވަނީ ފުރާފައެވެ. ދެވަނަ ފްލައިޓްގައި 355 މީހުން ފުރިއެވެ.
ޙައްޖައް ދާ ދެވަނަ ގްރޫޕްގެ މީހުން ސަޢުދި އަރަބިއްޔާއަށް ފުރާފައިވަނީ މިއަދު ހަވީރު 15:25ގެ ފްލައިޓުންނެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ކަނޑައަޅާފައިވާ ރަސްމީ 1000 ކޯޓާގެ އިތުރުން، އިތުރު 150 ކޯޓާ މިއަހަރު ރާއްޖެއަށް ލިބިފައިވާ ކަމަށް ޙައްޖު ކޯޕަރޭޝަނުން ހާމަކުރެއެވެ. މިއާއެކު ޙައްޖަށް މީހުން ފޮނުވުމަށް ޖުމްލަ 4 ފްލައިޓް ބޭއްވުމަށް ނިންމާފައިވާއިރު، މިހާތަނަށް 2 ފްލައިޓުގައި ޖުމުލަ 651 މީހުން ވަނީ ފުރާފައެވެ. ފުރަތަމަ ފްލައިޓްގައި ހުކުރު ދުވަހު ސަޢުދީއަށް ގޮސްފައިވަނީ 296 މީހުންނެވެ.