Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

މައި ހުޅުމާލެ ޢީދު އުފާ 1445: ފޯރިގަދަ ހަރަކާތްތަކާއެކު، ބޮޑު ހަދިޔާއަކަށް ސައިކަލެއް!

ad image

ގުޅުންހުރި ލިޔުންތައް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މައި ހުޅުމާލެ ގުޅިގެން އިސްނަގައިގެން ހުޅުމާލޭގައި ހިންގާ ޢީދު ހަރަކާތްތަކުގެ ތެރެއިން މިއަދުވެސް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެޗްޑީސީން އިއްޔެ ވެސް ވަނީ ހުޅުމާލޭގެ ރައްޔިތުންނަށް އަމާޒުކޮށް ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައެވެ. އޭގެތެރޭގައި ޢީދު ވެދުމާއި ދިއުން، ބޮޑު ހުޅު، ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމުގެ އިތުރުން ދިރާގު ޢީދު ބޮނޑިބަތުގެ ނަމުގައި ވެސް ހަރަކާތެއް ހިންގާފައެވެ. އަދި އިއްޔެ ހަވީރުން ފެށިގެން ވަނީ މާލި ކުޅުމާއި ކުޑަކުދިންގެ ހަވީރު، ބޮޑު މަސްކުޅުން އަދި ހަވާވެސް އަރުވާފައެވެ. 

އެޗްޑީސީއިން ވަނީ މިއަދުވެސް ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައެވެ. އެގޮތުން ކޯޑި ކެނޑުމާއި، ކުޑަކުދިންގެ ހަވީރެއްގެ އިތުރުން، ޢީދު ލަކީ ޑްރޯ އަދި ޢީދު ޝޯވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަން އެސިސްޓަންޓް މެނޭޖަރ މުޙައްމަދު ސިރާޖު ވިދާޅުވި ގޮތުގައި މިއަދު ކުރިއަށްދާނެ އެންމެ ބޮޑު އެއް ހަރަކާތަކީ ޢީދު ލަކީ ޑްރޯއެވެ. މި ލަކީ ޑްރޯގެ ބޮޑު އިނާމެއްގެ ގޮތުގައި ގުރުއަތުން ހޮވޭ ކޮންމެވެސް އެއް ފަރާތަކަށް ޝީޝާގެ ފަރާތުން ދޭ އެއަރ ބްލެޑް ސައިކަލެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ސިރާޖުވަނީ ވިދާޅުވެފައެވެ. ޝީޝާއަކީ މައި ހުޅުމާލެ ޢީދު އުފާ 1445ގެ މައި ޕާޓްނަރެވެ.

އިއްޔެ ބޭއްވި ކުޑަކުދިންގެ ހަވީރުގައި ވެސް ގިނަ ހަދިޔާތަކެއް ވަނީ ބަހާފައެވެ.

މީގެއިތުރުން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އަނެއް ހާއްސަ ހަރަކާތަކީ ދިރާގު ޢީދު ޝޯއެވެ. މިރޭގެ މި ޝޯގައި ދިވެހި ގިނަ ފަންނާނުންތަކެއްގެ އައިޓަމްތައް ފެނިގެންދާނެކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

މި ކުޅިވަރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ސިރާޖު ވިދާޅުވިއެވެ. އަދި އެޗްޑީސީއިން ހާއްސަ އިސްކަމެއް ދީގެން ސަޤާފަތް ދިރުވާ އާލާކުރުމަށްޓަކައި ގިނަ ސަޤާފީ ހަރަކާތެއް ހިންގާކަން ސިރާޖު ވަނީ ފާހަގަކުރައްވާފައެވެ.

އެޗްޑީސީއިން ކޮންމެ އަހަރެއްގެ ޢީދާއި ދިމާކޮށް ބާއްވާ ކުޅިވަރުތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެއެވެ. މި ކުޅިވަރުތައް ބެލުމަށްޓަކައި މާލެ އާއި ވިލިގިލިން ވެސް ގިނަ ބަޔަކު ހުޅުމާލެއަށް ދާކަން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ މައި ހުޅުމާލެ ޢީދު އުފާ 1445ގެ މެއިން ސްޕޮންސަރަކީ ދިރާގެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ