ހިނގަމުންމިދާ ޖޫން މަހު އެކަނިވެސް އީދު މިސްކިތުން 10 ފަންކާ ވަގަށް ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ވަނީ މިސްކިތްތަކުގައި ހުންނަ ފަންކާ ފަދަ ތަކެތި ވަގަށް ނަގާ މައްސަލަތައް ގިނަވަމުންދާ ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި އީދު މިސްކިތުގެ ކެމެރާ ފުޓޭޖްތައް ނަގާ ފުލުހަށް މައްސަލަ ހުށައެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ކައުންސިލުން ވަނީ މިސްކިތްތަކުން ވައްކަން ކޮށް ތަކެއްޗަށް ގެއްލުންދީ ނެހެދުމަށް އިލްތިމާސް ކޮށްފައެވެ.
މިދިޔަ ރޯދަމަހުވެސް ވަނީ މާލޭގެ ބައެއް މިސްކިތްތަކުގައި ބަހައްޓާފައި ހުރި ގިނަ ފަންކާތަކެއް ވަގަށް ނަގާފައެވެ.




ޕާޓޭން ރަނގަޅަށް ބޯލައިގެން ފަތިސްވަންދެން މިސްކިްތަކުގާ ނިދާކަމީ އެންމެންވެސް ދަންނަކަމެއް. ފަތިސްނަމާދަށް ބަންގި ގޮވާއިރުވެސް ތިބެނީ މިސްކިތުގަ ނިދާފަ. ޖަލާލުއްދީނު މިސްކިތަކީ އޭގެ އެއް މިސްކިތް.
ދެންތިބުނާ ފަންކާ ވަގަށްނަގާކަންވެސް އެކިއެކި މީޑިއާގެ ޒަރީއާއިން އެބަ އެނގޭ. ރޭގަނޑު މާލެތެރެ ޕެޓްރޯލް ކުރަން ފުލުހުން ތިބޭ. ހިތަށް އަރަނީ އެޑިޔުޓީގަ ތިބޭ ފުލުހުން ކީއްބާއޭ ކުރަނީ. ރައްޔިތުންގެ ފައިސާއިން ބޮޑަތި މުސާރސ ނަގައިގރން މީރުކޮށް ކާލައިގެން ސައިކަލުގަ ބުރުޖެހުންތޯ އެމީހުންގެ ޑިއުޓީއަކީ. ފަންވަރު މިސްކިތްތަކަށްވަދެ ބަލާލަނަމަވެސް މިވަރެއްނުވާނެ.