ދިވެހި ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެ ނިންމެވި ހަރުދަނާ ނިންމެވުމަކީ ދިވެހީންގެ މާދަމާއަށްޓަކައި ނިންމެވި ވަރަށް ހިތްވަރުގަދަ ޙިކުމަތްތެރި ނިންމެވުމެއް ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސްގެ ހަރުދަނާ މި ނިންމެވުމުގެ ހެޔޮ ނަތީޖާ އިރާދަކުރެއްވިއްޔާ ލަހެއްނުވެ ދިވެހިން ދެކޭނެކަމަށެވެ. އަދި މާދަމާގެ ދިވެހީންގެރާއްޖެ ވެގެންދާނީ ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ރާއްޖެއަކަށް ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
