Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ކުރީގެ ސީއެޗްއެސްސީގެ އިމާރާތުގައި އަލުން އޭލެވެލް ކިޔަވައިދޭން ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް


ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން ސީއެޗްއެސްއީގެ ކުރީގެ އިމާރާތުގައި، އަލުން އޭލެވެލް ކިޔަވައިދޭން ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިގޮތަށް ނިންމަވާފައިވަނީ، އޯލެވެލް ނިންމާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނާތީ، އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދިނުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ ފުރަމާލެއަކީ ދިވެހިރާއްޖޭގައި އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރަށްކަމަށްވާއިރު، މި ހިނގާ 2024ވަނަ އަހަރުވެސް ގްރޭޑް 10ގައި 1700 ދަރިވަރުން މާލޭގައި ކިޔަވަމުންދާކަމަށެވެ.

ވަޒީރު ވިދާޅުވީ މާލޭގައި އޭލެވަލްއަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލެއް މިވަގުތު ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާ ބެލެނިވެރިންނަށް ކުރިމަތިވާކަމެއްކަމަށެވެ. މިކަމަށް ޙައްލެއް ހޯދުމުގެގޮތުން އަންނަ ސެޕްޓެމްބަރު މަހު، އޭލެވެލްގެ ގްރޭޑްތަކުގެ ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީއެޗްއެސްއީ އިމާރާތުގައި، އޭލެވެލް ކިޔެވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ޑރ. ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާލޭގައި ހުރި ސީއެޗްއެސްއީގެ އިމާރާތުގައި ކިޔަވައިދޭން ފެށިނަމަވެސް، މިހާރު ހުޅުމާލޭގައި ކިޔަވައިދޭ ސީއެޗްއެސްއީގެ ކިޔެވުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.
ތަޢުލީމީ ވަޒީރު ވިދާޅުވީ މާލޭގައި ސަރުކާރުގެ އެލޭވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭ ލެވެލް ދަރިވަރުންގެ އަދަދު މަދުވާނެކަމަށެވެ. އަދި ގާތުން ތަޢުލީމު ދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލް ތަޢުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މިހާރަށްވުރެ ކުޑަކުރެވޭނެކަމަށެވެ.

ވަޒީރު ވިދާޅުވީ މިކަމަށް ޖުމްލަ ޙައްލެއް ގެނައުމަށް ސަރުކާރުން ނިންމާފައިވަނީ މާލޭގައި އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރުގެ މުޅިން އާ ސްކޫލެއް އަޅައިގެންކަމަށެވެ. ކައިރި މުސްތަޤުބަލެއްގައި އޭލެވެލްވެސް ކިޔަވައިދިނުމަށް މުޅިން އާ އިމާރާތެއް މާލޭގައި ބިނާކުރާނެކަމަށް ތަޢުލީމީ ވަޒީރު ޑރ .އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަނަކީ “ސައިންސް އެޑިއުކޭޝަން ސެންޓަރ”ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ޚާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ