Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

“ސަމޯއާ އެގްރީމަންޓް”ގައި ސޮއިކުރީ ދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަންނުޖެހޭ ގޮތަށް: ސަރުކާރު

ad image

ގުޅުންހުރި ލިޔުންތައް

ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ “ސަމޯއާ އެގްރީމަންޓް”ގައި ރާއްޖެއިން ސޮއިކުރީ އޭގައި ހުރި އިސްލާމްދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށްކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީ.ޕީއެސް.) ގެ މެމްބަރު ގައުމުތަކުގެ މެދުގައި އެކުލަވާލައިފައިވާ “ޕާޓްނަޝިޕް އެގްރީމަންޓް ބިޓްވީން ދަ ޔޫރަޕިއަން ޔޫނިއަން އެންޑް އިޓްސް މެމްބަރ ސްޓޭޓްސް އޮފް ދަ ވަން ޕާޓް އެންޑް މެމްބަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް އޮފް ދަ އަދަ ޕާޓް” ނުވަތަ “ސަމޯއާ އެގްރީމަންޓް” ގައި ރާއްޖެއިން ސޮއިކުރީ ޖުލައި 1 ވަނަ ދުވަހުއެވެ.

އިއްޔެ ސޮއިކުރި ސަމޯއާ އެގްރީމަންޓާއެކު ބައެއް ސިޔާސީ ބޭފުޅުން އަންނަނީ އެ އެގްރިމަންޓުގައި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނާ ފުށުއަރައި ކަންކަން ހުރިކަން ފާހަގަކޮށް އެއަށް އަމަލުކުރަން ދެން މަޖުބޫރުވާނެކަަމަށް ބުނެ ބައެއް ވާހަކަތައް ފަތުރައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ވިދާޅުވީ، ސަމޯއާ އެގްރީމެންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައި ކަމަށެވެ. އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު ކަމަށްވެސް ހީނާ ފާހަގަ ކުރެއްވިއެވެ.

“އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން,” ހީނާގެ ޕޯސްޓުގައިވެއެވެ.

ސަމޯއާ އެގްރީމެންޓް އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިޤްތިޞާދީ، ދެމެހެއްޓެނިވި ތަރައްޤީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ