ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް ރެސިޑެންޝަލް އިމާރާތްތައް ތަރައްގީކުރުމަށް ބޭނުންވާ ޑިވެލޮޕަރުންނަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވަނީ މިކްސްޑް ޔޫސް ރެސިޑެންޝަލް އިމާރާތްތައް ތަރައްގީކުރުމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތެއް ދިނުމުގެ ގޮތުން އީއޯއެލް ހުށަހެޅުމަށް ޕްރޮޕޯސަރުންނަށް ދައުވަތު ފޮނުވާކަމަށް ބުނެފައެވެ.
އެޗްޑީސީން ވަނީ މި މަޝްރޫޢުގެ ބިޒްނަސް މޮޑެލްއަކީ ބިން ވިއްކުމުގެ މޮޑެލްކަމަށާއި، އެތަނުގެ މަސްއޫލިއްޔަތަކީ ޑިވެލޮޕަރުން މިކްސްޑް ޔޫސް ރެސިޑެންޝަލް އިމާރާތްތައް ތަރައްޤީކުރުން ބުނެފައެވެ.
އަދި އެޗްޑީސީއަށް އެއް ޕްރޮޕޯސަލްއަށްވުރެ ގިނަ ޕްރޮޕޯސަލް ލިބިއްޖެނަމަ އެ ކޯޕަރޭޝަންގެ ވިސްނުމާއި ސްޓްރެޓެޖިކް މަގްސަދުތަކާއި މާސްޓަރޕްލޭނަށް އެންމެ އެކަށޭނެ އީއޯއެލްއަށް ފުރުސަތު ދޭނެކަމަށް އެޗްޑީސީން ބުނެއެވެ. އީއޯއެލްތައް އިވެލުއޭޓް ކުރުމުގައި ބިން ވިއްކުމުގެ ރޭޓާއި، ފައިސާ ދައްކާނެ ގޮތްތަކާއި އަދި މާލީ ހާލަތަށް ބަލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނަށް އެއްވެސް ހުށަހެޅުމެއް ބަލައިގަތުމާއި ބަލައިނުގަތުމާއި އީއޯއެލް ޕްރޮސެސް ބާތިލުކޮށް، ކޮންމެ ވަގުތެއްގައި ވެސް ހުރިހާ ޕްރޮޕޯސަލްތަކެއް ރިޖެކްޓް ކުރުމުގެ އިހްތިޔާރު ލިބިގެންވާކަމަށާއި، އަދި ބާތިލްކޮށްފިނަމަ ހުރިހާ ޕްރޮޕޯސަރުންނަށް އެކަން އަންގާނެކަމަށް ބުނެފައެވެ.
އެހެންކަމުން އިއުލާނުގައިވާ “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމް” ފުރިހަމަކޮށް ލިޔުން ސެޓް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ. އަދި ވިއްކުމަށް ހުށަހަޅާފައިވާ ރޭޓް (އަކަފޫޓަކަށް ރުފިޔާ) އާއި ފައިސާ ދެއްކުމުގެ މުއްދަތު (ހަ މަހަށް ވުރެ ދިގު ނުވާާގޮތަށް) ހުށަހެޅުމަށްވެސް އެޗްޑީސީން ވަނީ އެދިފައެވެ.