Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

ރައީސް އިސްކުރެއްވި މަތިވެރި ހިކުމަތުން، މިއަދު ދިވެހި ބިމުގައި އިންޑިއާ ސިފައިންނެއް ނެތް: ޣައްސާން

ad image

ގުޅުންހުރި ލިޔުންތައް

ރައީސް އިސްކުރެއްވި މަތިވެރި ހިކުމަތުންނާއި، ހެޔޮ ރަހުމަތްފުޅާއެކު މިދިޔަ މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ދިވެހި މި ބިމުގައި ބޭރުގެ އަދި އިންޑިޔާގެ އެއްވެސް ސިފައިންގެ މީހެއް ނެތްކަމަށް މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ޣައްސާން ވަނީ ރައީސް އަކީ ދިވެހި ހާރިޖިއްޔާގެ މަތީވެރިޔާ އަދި ޗީފް ޑިޕްލޮމެޓިކްކަމަށް ވިދާޅުވެފައެވެ. އަދި ޤައުމުގެ މިނިވަންކާމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކުރުމަކީ އެ މަސައްކަތް ކުރަން ދަންނަ ވެރިޔަކު އެއްވެސް ބަޔަކާއި އިސްވެ ހަތުރުވެރިވާން ވިސްނަންޖެހޭ ކަމަކަށް ނުވާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ޗީފް ޑިޕްލޮމެޓިކް ހައިސިއްޔަތުން އިސްކުރެއްވީ ޑިޕްލޮމެސީ ކަމަށް ޣައްސާން ވަނީ ވިދާޅުވެފައެވެ.

“އެ މަނިކުފާނު ބައްދަލުކުރެއްވީ އިންޑިޔާ ސަރުކާރާއި، ވަރަށް އިހްލާސްތެރިކަމާއެއްކޮށް އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުމެއް ނުވެޔޭ އިންޑިޔާ ސިފައިން ޤާއިިމްވެ ދިވެހި މި ފަސްގަނޑުގައި ތިބޭކަށް. ތިމަން މަނިކުފާނުގެ ވައުދުފުޅެކޭ މި ސިފައިން މި ފަސްގަނޑުން އަނބުރާ ފޮނުވާލުމަކީ. އެހެންކަމުން އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކުރަން ބޭނުމެއްޔާ އެމީހުން އަނބުރާ ގެންގޮސްދޭށޭ.” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވިއެވެ.

އިންޑިޔާ ސަރުކާރުން އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އިޖާބަދިން ކަމަށާއި، ރައީސް އިސްކުރެއްވި މަތިވެރި ހިކުމަތުން، މާތްﷲ ގެ ހެޔޮ ރަހުމަތްފުޅާއެކު މިއަދު ދިވެހި ފަސްގަނޑުގައި އިންޑިޔާ ސިފައިންގެ މީހެއް ނެތްކަމަށް ޣައްސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ