މި ސަރުކާރުގެ އަމަޒަކީ ޓާގެޓަކީ ދެ އަހަރު ތެރޭ ރައްޔިތުންނަށް ދޭން ޖެހޭ ނަރުދަމާ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިގެން ހުންނަވާ، މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވަނީ ރަށްރަށުގައި ނަރުދަމާ އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ގިނަ މަޝްރޫއުތައް މި ވެރިކަން ފެށުނުއިރު ވެސް ހުއްޓިފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެމްޑަބްލިއުއެސްސީން ވެސް ސަމާލުކަން ނުދީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، ފިނޭންސް މިނިސްޓްރީއާއެކު މި އަހަރު ފެށޭނީ ކޮންކޮން މަސައްކަތްތަކެއްތޯ ބަލަމުންދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މަޝްރޫއުތަކަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވެސް ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ޓާގެޓަކީ ދެ އަހަރު ތެރޭ ރައްޔިތުންނަށް ދޭން ޖެހޭ ނަރުދަމާ ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ.



