ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ދިނުމާއި މެދު ގޮތެއް ނިންމުމަށް މިއަދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިމިގްރޭޝަނާއެކ މަސައކަތް ކުރުމަށް މަޝްވަރާކޮށްފި އެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު އެކްސްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި މި މަޝްވަރާތައް ކޮށްފައިވަނީ މިއަދު ބޭއްވި އެލްޖީއޭގެ ބޯޑު ބައްދަލުވުމެއްގައެވެ.
“މިއަދު ބޭއްވި LGA ގެ ބޯޑު ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު.” މިނިސްޓަރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރ ހާމަކޮށްފައެއް ނުވެއެވެ.
ޕްލޮމެޓިކް ޕާސްޕޯޓަކީ ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ދައުލަތުގެ އެހެނިހެން އިސް ފަރާތްތަކަށް ލިބޭ ޕާސްޕޯޓެކެވެ.
އޮފިޝަލް ޕާސްޕޯޓާއި ޑިޕްލޮމެޓިކް ޕާސްޕޯޓު ސަރުކާރުން ދޫކުރަމުންދާ އިރު އެ މީހަކު ހުރި މަގާމަކުން ނުވަތަ ވަޒީފާއަކުން ވަކިވެއްޖެ ނަމަ އަނބުރާ އެ ޕާސްޕޯޓެއް އިމިގްރޭޝަނާއި ހަވާލު ކުރަންޖެހެ އެވެ.