ރައްޔިތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކުރި ވެރިކަން ދެމެހެއްޓުމަށް ތިބީ ފިސާރި ކެރިގެންކަމަށާއި، އަދި ރައީސް މުއިއްޒަށް އޮތް ތާއީދު ބޮޑުތަނުން އިތުރުވަމުންދާ ވާހަކަ ރައްޔިތުން އެބަދައްކާ ކަމަށް ޓޫރިޒަމް މިނިސްޓަރ ފައިސަލް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން އިންތިހާބުކުރުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަނުން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރައްވާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ފައިސަލް ވަނީ ހޮވުނު ކެނޑިޑޭޓުންނަށް މަރުހަބާ ވިދާޅުވެފައެވެ.
އަދި މި ނިމުނު އިންތިހާބުންވެސް ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގެންފިކަން ފެންނަމުންދާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
“ރައީސް ޑރ. މުޢިއްޒުގެ ހަރުދަނާ ސިޔާސަތު ރައްޔިތުން ބަލައިގެންފިކަން މި ދަނީ ފެންނަމުން.ދޮގާ މަކަރާ ހީލަތުން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެކަން އެދަނީ ސާބިތުކޮށްދެމުން.ރައްޔިތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާ ހަވާލުކުރި ވެރިކަން ދެމެހެއްޓުމަށް ރައްޔިތުން ތިބީ ފިސާރި ކެރިގެންކަން މިދަނީ ދައްކަމުން. ރައީސް ޑރ.މުޢިއްޒުގެ ތާއީދު ބޮޑުތަނުން އިތުރުވަމުންދާ ވާހަކަ ރައްޔިތުން އެބަދައްކާ” – މިނިސްޓަރ ފައިސަލް
މީގެއިތުރުން ދޮގާ މަކަރާ ހީލަތުން ރައްޔިތުންނަށް އޮޅުވައި ނުލެވޭނެކަން ސާބިތުކޮށްދެމުންދާ ކަމަށާއި، ރައްޔިތުން ރައީސް ޑރ.މުޙައްމަދު މުޢިއްޒުއާ ހަވާލުކުރި ވެރިކަން ދެމެހެއްޓުމަށް ތިބީ ފިސާރި ކެރިގެންކަން ދައްކަމުންދާކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ބޭއްވި ބައި-އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީން ވަނީ ޖުމްލަ 5 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ.