އުދައެރުމުގެ ފުރުސަތު އޮތުމުން ސިނަމާލެ ބްރިޖާއި ހަލިމަގުން ދަތުރާއިރު ސަމާލުވާން ދިވެހި ފުލުހުންގެ ހިދުމަތުން އެދިއްޖެއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގައިވާ ސަރަހައްދަށެވެ. މި ސަރަހައްދަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 1:15 އިން ހަވީރު 05:15 އާ ހަމައަށެވެ
އެ ސަމާލާއި ގުޅިގެން ފުލުހުން ވިދާޅުވީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްރަށަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާތި، ސިނަމާލެ ބްރިޖާއި ހަލި މަގުގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައިވެއެވެ.
އުދަ އަރާފާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައިވާއިރު ބައެއް ސަރަހައްދުތަކަށް އުދަ އަރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކަށްވެސް އަންނަނީ އުދަ އަރަމުންނެވެ.



