ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ “މަގުމަތީ ހިނގާލުން” ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި އޮންނާނެއެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ މަގުމަތީގެ ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބަންޑާރަކޮށީންނެވެ.
މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.



