“ވެލްކަމް އިންޑިއާ” އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ޓޫރިޒަމް ރޯޑްޝޯތައް ފެށުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓަރު ދާދިފަހުން އިންޑިއާ ސަފީރު މުނޫ މަހާވަރާއިއެކު ބޭއްވި ބައްދަލުވުމަށްފަފު ވަރަށް އަވަހަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައިވެއެވެ.
ތިން ސިޓީއެއްގައި ސިލްސިލާކޮށް ކުރިއަށް ގެންދާ “ވެލްކަމް އިންޑިއާ” ކެމްޕެއިންގެ މައިގނަޑު މަޤްސަދަކީ އިންޑިއާ ދަތުރުވެރިންނަށް ޗުއްޓީ ހޭދަކުރާ މައި މަންޒިލެއްގެ ގޮތުގައި ރާއްޖެ އޮތް އޮތުން ހަރުދަނާ ކުރުމެވެ.
މި ރޯޑް ޝޯވް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ:
ނިއުދިއްލީ: ޖުލައި 30، 2024
މުމްބާއީ: އޮގަސްޓް 1، 2024
ބެންގަލޫރު: އޮގަސްޓް 3، 2024
މި ސްޓްރެޓެޖިކް ކެމްޕެއިނަކީ ރާއްޖެއާއި އިންޑިޔާއާ ދެމެދު ފަތުރުވެރިކަމުގެ ގުޅުން ބަދަހިކޮށް، އިންޑިޔާއިން ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ޝައުޤުވެރިކަން ދައްކުވައިދޭ ކެމްޕޭނެކެވެ.
އިންޑިއާ ސަފީރާއެކު ދާޑިފަހުން ބޭއްވި ބައްދަލުވުމުގައިވެސް ވަނީ އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއިމެދު މަޝްވަރާކޮށްފައެވެ.



