މިސްކިތްތަކުގައި ޤާރީ ކްލާސްތައް ހިންގުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރްއާން ކްލާސް ހިންގައިދޭން ބޭނުންވާ އިމާމުންނާއި ޤުރްއާން މުދައްރިސުންނަށް އެ ފުރުޞަތު ހުޅުވައިލާ ގޮތަށްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހަމަޖައްސާފައެވެ.
މި ކަމަށް އެދި ފޯމު ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް މިހާރު ފޯމު ހުށައެޅޭނެއެވެ. މިކަމަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު ހަމަވާނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ 14:00 ގައެވެ.
ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކްލާސްތައް އިތުރު ކުރާއިރު އެ ޚިދުމަތް ސަރުކާރުން މުޅި ރާއްޖެއަށް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
