ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނެވުން މައްސަލައަކަށް ވާނަމަ އެއީ ހަޖަމުގެ މައްސަލައެއްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ ރައީސް ޑރ. މުއިއްޒުގެ ހިތްވަރާއި، އެމަނިކުފާނުގެ ސިޔާސަތުތަކަށް، ގޮންޖަހާނަމަ ސާބިތު ހެއްކާއި، ފުރިހަމަ ހުއްޖަތާއިއެކީގައި، މައްސަލަ ސާބިތު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވެރިކަމުގައި ހުންނެވީތީވެ މައްސަލައަކަށް ވެގެން އުޅުއްވާނަމަ، އެއީ ހަޖަމުގެ މައްސަލައެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ ރައީސް މުއިއްޒުގެ ވައުދުފުޅުތަކާއި ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުންދާ ކަމަށް ވިދާޅުވެފައެވެ.
އަދި އެންމެ 8 މަސް ތެރޭގައި ކަންތައްތައް ނުވެގެން ރައްޔިތުން ކަންބޮޑުވުން ފާޅުކުރާ ހިސާބަށް އަދި ނުދާ ކަމަށާއި، މިހާތަނަާް ރައްޔިތުންނަށް ދަތިވި އެތައް ކަމެއް މިވޭތުވެ ދިޔަ ކުޑަ ދުވަސްކޮޅު ތެރޭގައި ރައީސް ހައްލުކޮށްދެއްވާފައިވާކަމަކީ ޤަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި އެކަން ރައީސް ފައްޓަވައިދެއްވި އެއާ އެމްބިއުލާންސް ހިދުމަތުންވެސް ސާވިތުވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



