އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކްޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޮޑިނަރީ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިރޭ ސައުދީއަށް ފުރާޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިއީ އިސްރާއިލް އިން މެދުކެނޑުމެއްނެތި ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި އިރާނުގައި ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާއި ގުޅިގެން ފަލަސްތީނާއި އިރާންގެ ދައުވަތަކަށް އޯއައިސީގެ އެގްޒެކްޓިވް ކޮމިޓީން އެ ޖަމުއިއްޔާގެ ހުރިހާ މެމްބަރު ޤައުމުތަކުގެ ބައިވެރިވުން ހިމެނޭހެން ހާރިޖީ ވަޒީރުންގެ ފެންވަރުގައި ބޭއްވުމަށް ނިންމެވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ހިމެނޭހެން އޯއައިސީގެ އެޗްޒެކްޓިވް ކޮމިޓީގައި ހިމެނޭ އިތުރު ގައުމުތަކުގެ ފޮރިން މިނިސްޓަރުން ބައިވެރިވާއިރު، މި ބައްދަލުވުމުގެ މިނިސްޓަރު ޒަމީރު ތަގުރީރު ކުރައްވާނެއެވެ.
މި ބައްދަލުވުން އޮތީ މާދަމާ އެވެ.



