ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓުކުރަން ބޭނުންވާ ދިވެހިންނަށް މާލީގޮތުން އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ބްރޭންޑެއްގެ ގޮތުގައި ތަރައްގީކޮށް ޕްރޮމޯޓު ކުރުމަށް ‘ޑެސްޓިނޭޝަން އައްޑޫ 2024’ ގެ ނަމުގައި ބޭއްވި ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައިސަލް ވަނީ މިއަދު ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ޑޮމިނޭޓުކުރަނީ ފޮރިން އިންވެސްޓަރުން ކަމަށް ވިދާޅުވެ، ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އިންވެސްޓްކުރުމަށް ހިތްވަރުދެއްވާފަ އެވެ.
އަދި މިނިސްޓަރ ވަނީ އައްޑޫ، އިނގިރޭސިންގެ މާކެޓް ޕްލޭސްއަކަށް ހެދުމަކީ ވަރަށް ޚާއްސަ ކަމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ފައިސަލް ވިދާޅުވީ އައްޑޫއަކީ އެކަން ކުރަން އެންމެ ރަނގަޅު އެއްތަން ކަމަށެވެ. އަދި ‘ޑެސްޓިނޭޝަން އައްޑޫ 2024’ ސަމިޓުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަޝްވަރާތަކެއް ކުރެވި، އައްޑޫގެ ޓޫރިޒަމް ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީކުރާނެ ނިންމުންތައް ވެސް ނިންމުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ އަައްޑޫގެ ޓޫރިޒަން ކުރިއަރުވަން ސަރުކާރަށް ކުރެވެން ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އެގޮތުން ޓޫރިޒަމް ފެސިލިޓީތައް ގާއިމުރުމާއި އެފަދަ ފެސިލިޓީތައް ގާއިމު ކުރަން ބޭނުންވާ ފަންޑް ހޯދައި ދިނުމާއި ގަން އެއާޕޯޓްތެ ތަރައްގީއާ އެކީ އައްޑު އަށް އަންނަ ބޭރުގެ އެއާލައިންތައް އިތުރު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.




ކިޔަކަސްނުދެވޭނެ އަވަހަށްދެއްވާ