މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އިން ވ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 13:00 އަށެވެ.
އެ އިދާރާއިން ވަނީ އެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށްފައެވެ. އަދި ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މޫސުން މި ހަފްތާ އިން ފެށިގެން ރަނގުވާން ފެށި ނަމަވެސް މި ހަފްތާވެސް ބައެއް ވަގުތުތަކުގައި ތަންކޮޅެއް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.
ހއ.އާއި ބެހޭ ކަމެއްނޫން ވ.އަތޮޅަށް އެއްވެސް ސަމާލެއް ނެރުމަކީ.
ބަހުގެ ހަމަތަކުން ލިޔެބަލަ.