ކެއްސާތީ ބޯ ބޭހެއްކަމަށްވާ ކޮފްސީ ސިރަޕުގައި ކުނޑިކޮޅުތަކެއް ހުރިކަމަށް ފާހަގަވެ، އެކަމަށް ސަމަލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.
މިއަދު ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އިންޑިއާގެ އެމްއެމްސީ ހެލްތު ކެއާއިން އުފައްދާ ކޮފްސީ ސިރަޕް، 100 އެމްއެލްގައިކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަ ކުރެވިފައިވާތީ އެ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އަދި މި ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ކަންކަން އިތުރަށް ބެލުމުގެ މަސައްކަތް ކުރާކަމަށާއި، އެހެންކަމުން މި މައްސަލަ އޮތޯރިޓީން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.
ކެއްސާތީ ބޭނުންކުރަމުންދާ އެލެގްރާ ސިރަޕް، 30 މިލިގްރާމް ނުވަތަ ޖެނެރިކް ނަމުންނަމަ ފެކްސޮފެންޑައިން ހައިޑްރީކްލޮރައިޑް ރާއްޖެ އެތެރެކުރުން ވެސް މި މަހުގެ ކުރީކޮޅު ވަނީ މަނާކޮށްފައެވެ.



