ބުޅާ މަހަކީ ޙަރާމް އެއްޗެއް ކަމަށް ޝެއިހް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ބުޅާމަހުން ކާ އެއްޗެހި ވިއްކާ ބަންގްލަދޭޝްގެ ރައްޔިތެއް އިއްޔެ މާލެއިން ހައްޔަރުކުރުމާއި ގުޅިގެން ޝެއިހް ސަމީރު “އެކްސް”ގައި ކުރި ޕޯސްޓެއްގައި ވަނީ ބުޅާ މަހަކީ ހަރާމް އެއްޗެއް ކަމަށާއި، އަދި ބުޅާ މަަސް ކެެއުމާއި ގަނެ ވިއްކުން ވެސް ހަރާމް ވާނެ ކަމަށެވެ.
ޝެއިޙް ސަމީރު ވިދާޅުވިގޮތުގައި ބުޅާ މަސް ކެއުން ޙަރާމް ވަނީ ޝިކާރަކޮށް އުޅޭ ފޭރާދަތް ހުންނަ ކޮންމެ ޖަނަވާރެއްގެ މަސްކެއުން ޙަރާން ކަމެއް ކަމުގައި ޙަދީޘް ބަސްފުޅުގައި ވާތީ ކަމަށެވެ. އެހެންނަމަވެސް ނޭނގި ކެއުމަކުން ފާފަވެރިއެއް ނުވާނެކަމަށް ޝެއިޙް ސަމީރު ވިދާޅުވިއެވެެ.
އިއްޔެ ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަރަފާތް ހޮސައިން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ބުޅާ މަސް ކައްކައިގެން އޭގައި ސަބްމެރިން އަދި ބާގާ ފަދަ ތަކެތި ހަދައި ފިހާރަތަކަށް ލައިގެން ވިއްކާކަމަށް ސޯޝަލް މީޑިޔާގައި ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.



