ވެރިކަންކުރާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިގަދަ ކެމްޕެއިންއަކަށްފަހު ވޯޓލުން ފަށައިފިއެވެ. ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. އެގޮތުން މިއަދު ކުރިއަށްދަނީ ޗެއަރޕާސަން އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ހިތްވަރުގެ އިންތިހާބެވެ.
މި އިންތިހާބުގައި މިހާރު ވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވޯޓުލައްވާފައެވެ


އެޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މާލެ އާއި ރަށްރަށުގައި ފެށިގެން ކުރިއަށްދާ ކަމަށް އެޕާޓީން ހާމަކުރެއެވެ. ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ހަވީރު ހަތަރެއް ޖަހަންދެނެވެ.
މި އިންތިހާބުގައި ޖުމްލަ 281 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އެގޮތުން ރާއްޖޭގެ 194 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވާއިރު މާލެ ސަރަހައްދުގައި ވެސް 87 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.