އިންޑިއަން އޯޝަންސް ބެސްޓް ސްޕާ ޑެސްޓިނޭޝަން 2024ގެ ޝަރަފުވެރި އެވޯޑް ރާއްޖެ އިން ކާމިޔާބުކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބުނީ އެ އެވޯޑު ލިބުމަކީ ސްޕާ އަދި ވެލްނެސް ދާއިރާއިން ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތަކުގެ މެދުގައި ރާއްޖެއަށް ލިބުނު އިތުރު ޝަރަފެއް ކަމަށެވެ.
މި އެވޯޑް ރާއްޖެ އަށް ލިބިފައިވަނީ ދިހަ ވަނަ ވޯލްޑް ސްޕާ އެވޯޑްސްގަ އެވެ.
ޑެސްޓިނޭޝަން އެވޯޑުގެ އިތުރުން ރާއްޖޭގެ ދެ ރިސޯޓަކަށް ވަނީ ތިން ކެޓެގަރީއަކުން އެވޯޑުތައް ލިބިފައެވެ.
އިންޑިއަން އޯޝަންގެ ބެސްޓް ވެލްނެސް ރިޓްރީޓް އަދި، މޯލްޑިވްސް ބެސްޓް ވެލްނެސް ރިޓްރީޓް 2024: ޖޯލި ބީންގް
މޯލްޑިވްސްގެ ބެސްޓް ރިސޯޓް ސްޕާ 2024: ވޯލްޑޯފް އެސްޓޯރިއާ ސްޕާ މޯލްޑިވްސް އިތާފުށި
ފަތުރުވެރިކަމުގެ ދާއިރާގެ ޝަރަފުވެރި އެވޯޑުތަކެއް ރާއްޖެ އަށް ލިބިފައިވާއިރު، ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ) ގެ އެންމެ ޝަރަފުވެރި އެވޯޑް، “ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން” އެވޯޑަށް ރާއްޖެ މި އަހަރު ވެސް ވަނީ ނޮމިނޭޓްވެފަ އެވެ.



