ނ. އަތޮޅު މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފިއެވެ.
މާފަރު އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ގިނައިން ޕްރައިވެޓް ޖެޓު ޖައްސާ އެއާޕޯޓެވެ. މި އެއާޕޯޓު އަލުން ހުޅުވާލާފައިވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށެވެ. މިކަމުގެ ސަބަބުން، މަތީ ފަންތީގެ ފަތުރުވެރިންނަށް މާލެ ނައިސް ސީދާ ރިސޯޓުތަކަށް ދިއުމުގެ ފުރުޞަތު ލިބިގެންދާނެއެވެެއެވެ.
އެއާޕޯޓުގެ ތަރައްޤީގެ މަސަސައްކަތްތަކުގެ ތެރޭގައި ރަންވޭ ބޮޑުކުރުމާއި، ޕާކިންގ ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ. މި މަސައްކަތްތައް ނިމުމުން، ބޮއިންގ 777 ފަދަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ޤާބިލުކަން އެއާޕޯޓަށް ލިބިގެންދާނެއެވެ. އަދި އެއްފަހަރާ 26 ޖެޓު ޕާކުކުރެވޭނެއެވެ.
މި ތަރައްޤީގެ މަޝްރޫޢުތަކަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އައު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މަތީ ފަންތީގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.



