ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މިރޭ ހަވާ އަރުވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ. އެގޮތުން މިރޭ 21:15 ހާއިރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާ އެރުވުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
އެކި މުނާސަބަތުތައް ފާހަގަކުރުމަށް މިހާރު ރާއްޖޭގެ އެކި ރަށްތަކުގައި ހަވާ އަރުވައެވެ.



