- Advertisement -ad image

ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ މަސްލަހަތު ގުޅެނީ މުޅި ގައުމުގެ ރައްޔިތުންގެ މަސްލަހަތާއި: އިމްރާން

ad image

ގުޅުންހުރި ލިޔުންތައް

ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓިތަކުގެ މަސްލަހަތު ގުޅެނީ މުޅި ގައުމުގެ ރައްޔިތުންގެ މަސްލަތާއި ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތު ތަކަކީ މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި ކަންކަން ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތް ކޮށް ގައުމާއި ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދޭނެ ކަމަށެވެ. އަދި އިމްރާންގެ ޓުވީޓްގައި ވަނީ އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަށް މަރުހަބާ ވިދާޅުވެފައެވެ.

މި ޓުވީޓަކީ އިއްޔެ ކުރިއަށްގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފައްޔާޒު ކާމިޔާބުކުރުމާއި ގުޅިގެން އެޕާޓީގެ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެން ކޮށްފައިވާ ޓުވީޓެއް ކަމަށް ބެލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ