އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ މުސްތަޤުބަލުގެ ތަރައްޤީ ދައްކުވައިދޭ އައު ފޮތެއް ނެރެފިއެވެ. “2040 ވަނަ އަހަރާ ހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް” މި ނަމުގައި ނެރެފައިވާ މިިވާ މި ފޮތް ތަޢާރަފުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދެވެ.
މި ފޮތުގައި ފާއިތުވި އަހަރު ޤައުމަށް ލިބުނު ކުރިއެރުންތައް ފާހަގަކޮށްފައިވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ޤައުމު ތަރައްޤީ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތަފްޞީލީ ޗާޓެއް ވެސް ހިމަނާފައިވެއެވެ. މީގެ އިތުރުން، ރާއްޖޭގެ ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަން ޙާޞިލުކުރުމަށް ބޭނުންވާ މައިގަނޑު މަޢުލޫމާތުތައް ވެސް މި ފޮތުގައި ހިމަނާފައިވާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފޮތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް އެކުލަވާލެވިފައިވާ މުހިންމު މަސައްކަތެކެވެ.
އަދި މިއީ ދިވެހިރާއްޖެ ވަރުގަދަ އިޤްތިޞާދަކާ ދިމާއަށް ގެންދިއުމަށް މަގުދައްކައިދޭ ތަޞައްވުރެއް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.