ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑރ. އާއިޝަތު ރަމީލާ، އެގްރިކަލްޗާ މިނިސްޓަރ މަގާމުން މިއަދު އިސްތިއުފާދެއްވާފައިވާތީ، އެމަގާމަށް ބޭފުޅަކު އައްޔަނުކުރެވެންދެން އެ މިނިސްޓްރީ ހިންގެވުން ވަގުތީގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު، ހަވާލުކުރައްވައިފިއެވެ.
މިނިސްޓަރު މާރިޔާއާ އެ މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރެއްވީ ސިއްހީ ހާލަތު ތަން ނުދޭތީ، ޑރ. އާއިޝަތު ރަމީލާ އެގްރިކަލްޗާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ރަމީލާ މަގާމާ ހަވާލުވެވަޑައިގެން މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހޯއްދަވައިފައެވެ. ރާއްޖެއަށް ޒަމާނީ ދަނޑުވެރިކަން ތައާރަފްކުރުމަށްޓަކައި ވާޓިކަލް ފާމިންގެ ޕައިލެޓް ޕްރޮޖެކްޓެއް ހިންގަން ފެށުމާއި މާލޭގައި އުޅޭ ބުޅާތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ޕެޓް ކެއާ ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވަނީ ރަމީލާގެ ބެއްލެވުމުގެ ދަށުންނެވެ.
މީގެ ކުރިން މިނިސްޓަރު ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާއި ހެލްތު އެންޑް އެންޑް ފެމެލީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވައިފައެވެ.