މާލޭ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހެއް ފެނިއްޖެ އެވެ.
ފުލުހުން ހާމަކުރިގޮތުގައި އެމީހާ ފެނިފައިވަނީ މައްޗަންގޯޅި ގުލާބީމަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ. އަދި އައި.ޖީ.އެމް.އެޗަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ މއ. ހުދު އަކިރި، ޢަބްދުﷲ ޙަސަން (53 އަހަރު) އެވެ. އެ މީހާގެ ހަށިގަނޑުގައި އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.
އިއްޔެ ހުޅުމާލޭ ފަޅުތެރެއިންވެސް ވަނީ މަރުވެފައި އޮތް މީހެއް ފެނިފައެވެ.