ޒަކިއްޔާ މޫސާ މަރާލިކަމުގެ ހެއްކެއް ނެތްކަމަށް ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހެޑް އޮފް ހޮމޮސައިޑް އެންޑް އިންވެސްޓިގޭޝަން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިޙު ވިދާޅުވި ގޮތުގައި، 50 އަހަރުގެ ޒަކިއްޔާ މަރުވެފައިވަނީ ކަރަށް ލިބުނު ޒަޚަމްތަކުގެ ސަބަބުން ކަމަށެވެ.
ސާމިހު ބުނެފައިވަނީ ޒަކިއްޔާގެ ކައިރިން ފެނުނު ވަޅީގައި ހުރީ އޭނާގެ ލޭ ކަމަށް ތަހުލީލުތަކުން އެނގޭކަމަށާއި އެހެންނަމަވެސް ވަޅީގެ ފޮރެންސިކް ތަހުލީލުތައް އަދިވެސް ދަނީ ކުރިއަށް ކަމަށެވެ.
އެ މައްސަލާގައި ކަރުގެ އިތުރުން ޒަކިއްޔާގެ ހަށިގަނޑުގެ އެއްވެސް ހިސާބަކުން ޒަހަމްގެ އެއްވެސް ނިޝާނެއް ނެތްކަމަށް ޒަކިއްޔާ ބެއްލެވި ޑޮކްޓަރުން ވަނީ ބުނެފައެވެ. ޒަކިއްޔާގެ ކަރަށް ލިބިފައިވާ ޒަހަމްތަކަށް ބަލާއިރު، ކަރުގެ ދެފަޅިން ފުންކޮށް ޒަހަމްތަކެއް ހުރިއިރު ކުރިމަތިންވެސް ޒަހަމްތަކެއް ހުއްޓެވެ.
އޭނާ ވިދާޅުވީ ޒަކިއްޔާގެ މަރާ ގުޅިގެން އެކި ކަހަލަ ތުހުމަތުތައް ކުރެވޭތީއާ އެ މައްސަލައިގެ ތަހުގީގާ މެދު ސުވާލުތައް އުފައްދާތީވެ މިދިޔަ މަހުގެ 25 ވަނަ ދުވަހު ފުލުހުންގެ ޓީމެއް ދެވަނަ ފަހަރަށް ހޮޅުދޫ އަށް ގޮސް އިތުރަށް މައްސަލަ ބަލާފައިވާ ކަމަށެވެ.
ރަށުގެ ނަރުދަމާ ނިޒާމްގެ ތެރެއިން ފެނުނު ބުރުގަލަކީ ޒަކިއްޔާގެ އެއްޗެއް ކަމަށް އަޑުތައް ފުތުރުނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫންކަން ތަހުގީގަށް ޔަގންްކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރަށު ތެރޭގައި ތުހުމަތު ކުރެވޭ ގޮތުގައި އެއީ ހެކި ނައްތާލުމަށް ކޮށްފައިވާ ކަމެއް ނަމަވެސް ފުލުހުން ބުނެފައިވަނީީ އެ ބުރުގަލަކީ ޒަކިއްޔާ ދިރިއުޅުނު ގެއިން ނަރުދަމާގެ ނިޒާމަށް ދޫކޮށްލާފައިވާ އެއްޗެއް ނޫން ކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
މިހާތަނަށް ކުރެވުނު ތަހުގީގުތަކުން ސާފުވާގޮތުގައި ޒަކިއްޔާ މަރުވެފައިވަނީ ކަރަށް ލިބުނު ޒަހަމްތަކުގެ ސަބަބުންކަމަށް ބެލެވޭކަމަށާއި، ޒަކިއްޔާ މަރުވިއިރު ކަިއރީގައި އޮތް ވަޅިއަކީ އެ ގޭގެ ބަދިގޭގައި ބޭނުންކުރާ ވަޅިއެއްކަމަށްވެސް ސާމިހު ވިދާޅުވިއެވެ.
ޒަކިއްޔާގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން ފެނުނު މުޙައްމަދު ޙަސަންގެ މަރުގެ ވަގުތީ ޕޯސްޓްމޯޓަމުން އޭނާ މަރުވެފައިވަނީ ގެނބިގެން ކަމަށް ދައްކާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ޒަކިއްޔާ މަރާލީ ވަޅި އަމިއްލަޔަށް އޭނާގެ ކަރަށް ޒަހަމްތަކެއް ދިނީމަކަން އެބަ އެނގޭ. ވަޅިޔަކީ އެގޭގެ ބަދިގޭގައި ޒަކިއްޔާ ގެންގުޅުނު އެއްޗެއް. އެހެންވީމާ މަރުގެ ޒިންމާ ނަގަންޖެހޭނީ ވަޅިކަމާއިމެދު ސައްކެއްވެސް ނެތް.