ގއ. ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ގއ. ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:10 ހާއިރު ކަމަށެވެ.
މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އެރަށު ނަގަހެލަގޭ އުމުރުން 33 އަހަރުގެ އަހުމަދު އަބްދުﷲ އެވެ. އަދި އެރަށު ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެތަނުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.