މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކޮށްގެން ކުރިއަށް އޮތް ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ “ނޫރުލް އަޛާން 1446” ބަންގި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އުމުރުން 15 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެކެވެ.
އެ މިނިސްޓްރީގެ “މޮސްކް” ސެކްޝަނުން އިންތިޒާމުކުރާޒާމުކުރާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައި ފިޒިކަލްކޮށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީން ޙިއްސާކޮށްފައިވާ އޮންލައިން ފޯމު މެދުވެރިކޮށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ޑިސެންބަރު 31 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި މުބާރާތަކީ ޒުވާން ޖީލުގެ މެދުގައި ބަންގި ގޮވުމުގެ ހުނަރު އިތުރުކޮށް، އިސްލާމީ ޝިޢާރު ފާޅުކުރުމުގެ ރޫޙު އާލާކުރުމަށް ބާއްވާ މުހިންމު މުބާރާތެއްކަން ފާހަގަކުރެވެއެވެ.