މިއަދު ހެނދުނު ހައުސިންގ މިނިސްޓްރީގެ އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަކާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެހެން އިމާރާތްތަކަށްވެސް އަލިފާން ފެތުރެމުންދާތީ އެ ސަރަހައްދުގައި ހުރި ބައެއް ސްކޫލްތަކުގެ ކިޔެވުން ވަނީ ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މި ހާދިސާއާ ގުޅިގެން ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގެ ހެނދުނު ދަންފަޅީގެ ދަރިވަރުން ވަނީ ގެތަކަށް ފޮނުވާލާފައެވެ.
މިހާތަނަށް އަލިފާން ނިއްވާލެވިފައި ނުވާތީ، މުޅި ސަރަހައްދު ވަނީ ބޯ ދުމަކުން އާވިވެފައެވެ.
މީގެއިތުރުން ޑިޒާސްޓަރ މެނޭޖްމަންޓުންވެސް ވަނީ އޮފީސްތަކާއި ސްކޫލްތައް ބަންދުކުރަން އަންގާފައިވާނޭ ކަމަށް ބުނެފައެވެ.