އަމީނީ މަގުގައި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ “ގްރީން ބިލްޑިންގ” އާ ހަމައާށްވެސް ފޯރާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެންމެ ފުރަތަމަ ރޯވެފައި ވަނީ މި އިމާރާތުގެ އެންމެ ހުޅަނގަށް ހުންނަ، ޓިނު އިމާރާތުގެ އެއްވަނަ ބުރީގައެވެ. އަލިފާން ރޯވިއިރު، އިމާރާތުގެ އެތެރޭގައި މީހަކު ނެތް ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައި ނުވާއިރު، އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގޭތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ.
ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވަޑައިގެންފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ވެސް ވަޑައިގެންފައިވެއެވެ.
މި ހާދިސާ އާއި ގުޅިގެން މާލެ ސަރަހައްދުގެ ބައެއް ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.