ހުޅުމާލެ ފޭސް ދެއެއްގައި ހުންނަ ހިޔާ ޓަވަރެެއްގެ 13 ވަނަ ފަންގިފިލާއިން ވެއްޓި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ހިޔާގެ ޓަވަރު ފަހަކުން ކުއްޖަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ 1:26 ހާއިރު ލިބިފައިވާ ކަމަށެވެ.
ވެއްޓިފައި ވަނީ އުމުރުން 16 އަހަރުގެ ދިވެހި ފިިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވެއްޓުނީ ޓަވަރުގެ 13 ވަނަ ބުރީންނެވެ.
ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ތަހުގީގެއް ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ކުއްޖާ ވެއްޓުނު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
ހިޔާ ޓަވަރުތަކަކީ ރާއްޖޭގައި އެންމެ އުސްކޮށް ހަދާފައިވާ އިމާރާތްތަކެވެ. އެއީ 25 ބުރީގެ 16 ޓަވަރެވެ.