ކ. ގުރައިދޫގައި 4 މަސްދުވަހުގެ ކުއްޖަކު މަރުވެޖަކު މަރުވެފައިވާ މައްސަލައިގައި ޝައްކުވާ ކަންތައްތަކެއް ހުރުމާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ތަޙުޤީޤެއް ފަށައިފައެވެ.
މި މައްސަލައިގައި އިތުރަށް ބެލުމަށްޓަކައި އޮޓޮޕްސީއެއް ހެދުމަށް ވެސް ފުލުހުން ވަނީ ނިންމާފައިވާކަން ރޭ ވަނީ ހާމަކޮށްފައެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރުގައެވެ. އަދި އޮޓޮޕްސީ ހެދުމަށްޓަކައި ކުއްޖާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މަޢުލޫމާތު ލިބޭގޮތުގައި، ކުއްޖާ މަރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ކުއްޖާ ރަށުގެ ޞިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.