ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހިއްސާކުރުމަށް ފުލުހުން އެދިއްޖެއެވެ.\
ފުލުހުންގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މި ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާ ހިއްސާކޮށް ދޭން އެދޭ ކަމަށެވެ. މައުލޫމާތު ހިއްސާކުރަން ގުޅަން ޖެހެނީ 9911099 އަށެވެ.
ދަރުބާރުގޭގައި ޚިދުމަތް ދޭން ފެށީ، އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ހިންގި ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އެވެ.
މި ހާދިސާގެ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންގެ ޓީމަކުން އެހީތެރިކަން ހޯދާނެ ކަމަށް ވެސް ފުލުހުން އޮތީ ބުނެފަ އެވެ.