ތ. މަޑިފުށިން ގެއްލިގެން ހޯދަން އިއްޔެ އިއުލާނުކުރި މީހާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ގެއްލިގެން ހޯދީ އެ ރަށު ބޮންތި، ޙަސަން ނިހާލު، 34، އެވެ.
ފުލުހުން މިއަދު ބުނީ އިއްޔެގެ ވަގުތެއްގައި އޭނަ ފެނިފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އިއްޔެ އޭނާ ހޯދުމަށް ފުލުހުން އިއުލާނުކުރީ، ގެއްލިގެން އުޅޭތާ ދެ ދުވަސް ވެސް ވީ ފަހުންނެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިހާލުގެ އާއިލާއަށް ޚަބަރެއް ނުވެގެން 20:07 އެހާ ކަންހާއިރު ފުލުހުންނަށް އާއިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ.