އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ނުލިބޭ ގޯއްޗަކާ ގުޅޭ ރަޖިސްޓްރީއެއް ހަދައި، އެކަމާ ގުޅިގެން ހުށަހެޅުނު މައްސަލައެއްގެ ތަޙްޤީޤަށް މަގުފަހިކުރުމަށެވެ.
އެމްޑަބްލިއުއެސްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ފަޒީލް ވަނީ އޭނާގެ ހުރިހާ ޒިންމާތަކުން ވަގުތީގޮތުން ދުރުކުރެވި، އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކުރެވިފައެވެ. މި ނިންމުން ނިންމާފައިވަނީ ކުންފުނީގެ ބޯޑުންނެވެ.
މި މައްސަލައިގައި ފާހަގަކުރެވިފައިވާ ގޮތުގައި، ފަޒީލަކީ ހުޅުމާލެއިން ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައިނުވާ އަދި ގޯއްޗަށް ޝަރުތު ހަމަނުވާ ފަރާތެކެވެ. ނަމަވެސް، އޭނާ ވަނީ ގޯތި ލިބިފައިވާ ކަމަށް ދައްކުވައިދޭ ރަޖިސްޓްރީއަކާއެކު ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދައަކަށް އެޗްޑީސީގައި އެދިފައެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން ފުލުހުން ވަނީ ތަޙްޤީޤެއް ފަށާފައެވެ. އަދި މި ތަޙްޤީޤާ ގުޅިގެން ފެނަކާގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އާއި ބޯޑުގެ ގިނަ މެންބަރުން ވެސް ވަނީ ސަސްޕެންޑް ކުރެވިފައެވެ.