ކީރިތި ޤުރުއާން ހިތު ދަސްކުރާ ފަރާތްތައް ދަސްވެނިވުމަށް ކޮންމެ އަހަރަކު ވެސް ޚާއްޞަ ޙަފްލާއެއް ބާއްވަން ސަރުކާރުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ މުހަައްމަދު ޝަހީމް ވިދާޅުވީ މި ޙަފްލާ އޮންނާނީ ކޮންމެ އަހަރެެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށެވެ.
އަދި ދަސްވެނިންނަށް ޚާއްޞަ ގައުނެއް ވެސް ތައްޔާރުކުރެވޭނެ ކަމާއި ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހާއްސަ ފުރަތަމަ ޙަފްލާ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ އޮންނާނެ ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހިތު ދަސްކުރުން މިއަހަރު ވަނީ
28 ފަރާތަކުން އިމްތިހާނު ނިންމައިފައެވެ.
3 ފަރާތަކުން އިމްތިހާން ހަދަމުންދާއިރު
2 ފަރާތަކުން އިމްތިހާން ހަދަން ވަނީ ތައްޔާރުވެފައެވެ.
މީގެއިތުރުން 5 އަހަރުގެ ދަރިވަރަކު ދަސްކޮށްފަ މުރާޖިޢާކުރަން އެދިފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.