މައްކާގައި ދަތިޙާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ ގުޅައި ވާހަކަ ދައްކައި މިހާރުގެ ޙާލަތު ބަލައިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ޝަހީމު ވިދާޅުވީ އެ އުމުރާވެރިންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން ކަމަށެވެ.
އަދި އުމްރާވެރިންނާ މެދު އިހްމާލުވި ހިޖުރަ ގްރޫޕްގެވެރިންގެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅާނެ ކަމަށް ޝަހީމު ވިދާޅުވިއެވެ.
“ މައްކާގައި މިވަގުތުގައި އޮތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑުވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފައި” ޝަހީމުގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.
ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ ސަރުކާރުން ނުތިބޭނަން ކަމަށާއި ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކޮށް ދިމާވާ ކަންކަން ހައްލުކުރުމަށް ކަމަށް މިނިސްޓަރ ޝަހީމު ވިދާޅުވިއެވެ.
މިހާރުޔިޔަދާގޮތުންފިޔވަޅެއްނޫންއަޅަންވީ އެބުރިއަންނަންޖެހޭމީހުންގެޓިކެޓުގެފައިސާ މާލޭންފުރުމުގެކުރިން އިސްލާމިކުމިނިސްޓްރީއާއި ޙަވާލުކުރަންވީ