ހުޅުމާލޭ ހިޔާ ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނެވެ.
ފުލުހުން ބުނިގޮތުގައި ވެއްޓި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އޭނާގެ ޙާލަތާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެމީހާ ވެއްޓިފައި ވަނީ ތިންވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިންނެވެ.
މި މައްސަލައިގައި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.