މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 20 ކުރިން ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ދައުލަތުގެ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ ދައުލަތުގެ މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތުގެ ފައިސާ މި މަހުގެ 20 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާތީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓް ސިސްޓަމަށް އަޕްލޯޑް ކުރަންޖެހޭ ކަމަށެވެ.
މީގެއިތުރުން، ރަމަޟާން މަސް ފެށޭއިރު “ޕޭ ލީވް” (ސްކޮލަޝިޕް މުވައްޒަފުން) އަދި “ނޯ ޕޭ ލީވް” ގައި ތިބޭ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ނުދިނުމަށް ވެސް ވަނީ އަންގާފަ އެވެ.
ނަމަވެސް، އެކަމަކު، އެފަދަ މުވައްޒަފުން ވެސް ރޯދަމަހު ވަޒީފާ އަށް އެނބުރި އަތުވެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ އިނާޔަތް ހިސާބު ކުރުމަށް ފަހު، ބާކީ އޮތް މުއްދަތަށް އިނާޔަތް ދިނުމަށް އެ ސާކިއުލާގައި އަންގާފައިވެ އެވެ.
މި އަހަރުގެ ރޯދަ މަސް ފެށެނީ ކަލަންޑަރުގައިވާ ގޮތުން މާޗު 1 ގަ އެވެ.