ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ދޭން ނިންމި މަސްދަޅު ކޭސް ބަހަން ފަށައިފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ރޯދަ މަހު ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދޭނެކަން އިއުލާންކުރައްވާފައެވެ.
ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްކޭހެވެ. މުޅި ރާއްޖޭގައި މިކަން ކުރިއަށް ގެންދަނީ އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން އެސްޓީއޯ އާއި ކައުންސިކްތަކާ ގުޅިގެންނެވެ.
ލޯކަލް ގަވާމަންޓް މިނިސްޓްރީން ހާމަކުރިގޮތުގައި މަސްދަޅު ބެހުމުގެ މަސައްކަތް ހދ. އަތޮޅުގައި ފަށައި އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގޭބިސީތަކަށް މަސްދަޅު ބަހައި ވަނީ ނިންމާފައެވެ. އަދި މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެއެވެ.
މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ހަދިޔާކުރި އިރު، ފެނާއި ކަރަންޓް ބިލުތަކުން ޑިސްކައުންޓް ވެސް ދީފައިވެ އެވެ.
ޙަމަދޮގު ނުލިބެެެެ