Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ގެދޮރުވެރިޔާ ސްކީމުގެ ފްލެޓް ލިސްޓް ރިވިއުކޮށްފައިވަނީ ކުރީގެ ގައިޑްލައިންތަކާ އެއްގޮތަށް: މިނިސްޓްރީ

ad image

ގުޅުންހުރި ލިޔުންތައް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރިވިއުކޮށްފައިވަނީ ކުރީ ސަރުކާރުގެ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މި ބަޔާން ނެރުއްވާފައިވަނީ ކުރީ ސަރުކާރުން ނެރުނު ފްލެޓް ލިސްޓުގައި ގިނަ މައްސަލަތަކެއް ހުރުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އެ ލިސްޓް ރިވިއު ކުރުމަށް ދެއްވި ލަފަޔާއެކު މި ސަރުކާރުން ރިވިއު ކުރުމަށްފަހު ނެރުނު ލިސްޓާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރެއްވުމަށެވެ.

ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި އޭސީސީން ބެލި ބެލުމުން ފްލެޓް ލިބުނު 59.6% މީހުންގެ ޝަރުތު ހަމަނުވާކަން ފާހަގަކުރެވުމުން، އެ ލިސްޓް އަލުން ރިވިއު ކުރުމަށް އެންގެވިއެވެ. އެހެންކަމުން އެކަމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލައި ފްލެޓް ލިސްޓް ރިވިއު ކުރުމަށްފަހު އަލުން އެ ލިސްޓް ސަރުކާރުން އިއުލާން ކުރެއްވީ މިދިޔަ މަހުގެ 28ވަނަ ދުވަހުގައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ރިވިއު ކުރެވުނު ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި 3 ކޮޓަރި ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެކަމަށް އިއުލާންކުރި ފަރާތްތަކުގެ އިތުރުން 2 ކޮޓަރީގެ ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ ފަރާތްތައް އެކަނި ކަމަށެވެ.

އަދި ވުޒާރާއިން ވަނީ ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައިނުވާ ކަމަށާއި ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށްފަހު ނޫނީ އެގޮތަށް ކަނޑަނޭޅޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ވެރިފިކޭޝަންގެ މަސައްކަތާގުޅޭގޮތުން އެއްވެސް ހަމަޔަކަށް އަދި އުޞޫލަކަށް ބެލުމެއް ނެތި ކަންކަން ކުރިޔަށް ގެންދިޔަ ފަރާތްތަކުން، ކަމުގެ ހަގީގަތް އޮޅުވާލުމަށް މަސައްކަތްކުރާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އަދި 4000 ފްލެޓު ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތް ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް  ހުށަހެޅުމުގެ ތަކުލީފު ތަހައްމަލުކުރަން ނުޖެހޭނެ ކަމަށް ވުޒާރާއިން ކަށަވަރުކޮށްދެއްވިއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، އެ ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ.

މީގެއިތުރުން، މާލޭގައި ރަށްވެހިވެފައިވާ ފަރާތެއް ރަށްވެހިވެފައިވާތާ 15 އަހަރު ވެފައިވާނަމަ ޑިސްކޮލިފައި ނުވާނެކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އެ ބަދަލު އައިސްފައިވާނީ ފޯމު ލީ ފަރާތުން ދީފައިވާ މަޢުލޫމާތާ ޚިލާފަށް ކުރިން ޕޮއިންޓް ދީފައިވާނަމަ އެކަނިކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

ވުޒާރާއިން އިތުރަށް ފާހަގަކުރައްވާފައިވަނީ 15 ނޮވެންބަރު 2023 ގައި އިޢުލާންކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށާއި ދެމަފިރިން ޝަރުތުހަމަވާނަމަ އެދެފަރާތަށް ވަކިން 2 ފްލެޓެއް ނުލިބޭނެ ކަމަށެވެ.

މި ބަޔާނުގައި ވުޒާރާއިން ވަނީ ފްލެޓް ލިސްޓާ ގުޅިގެން އުފެދިފައިވާ ޝައްކުތަކަށް ޖަވާބު ދެއްވައި، ލިސްޓު އެކުލަވާލުމުގައި ގެންގުޅުނު އުސޫލުތަކާއި މިންގަނޑުތައް ސާފުކޮށްދެއްވާފައެވެ. އަދި މި މަސައްކަތުގައި ހަމަހަމަކަމާއި ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރައްވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ