ކ. އަތޮޅު ކައުންސިލުން މިއަދު ވަނީ 2025 ވަނަ އަހަރުގެ ސްކޮލަރޝިޕް (ކާފު ސްކޯލަރޝިޕަށް) ކުރިމަތިލިމުގެ ފުރުސަތު ހުޅުވާލައިފައެވެ. މި ސްކޮލަރޝިޕްތަކަކީ ކ. އަތޮޅުގެ ދަރިވަރުންނަށް ބެޗްލަރސް ޑިގްރީ ފެންވަރުގައި ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ދެވޭ ފުރުސަތުތަކެކެވެ. މި އިއުލާނު ކުރެވިފައިވަނީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ތިންވަނަ އާންމު ޖަލްސާގައެވެ.
ސީއޭއެފް ސްކޮލަރޝިޕް ޤަވާއިދު (ޕީޕީ)232-ސީބީ/232/2025/1 ގެ ދަށުން ދެވޭ މި ސްކޮލަރޝިޕްގެ ދަށުން ދެވެނީ 2 ފުރުސަތެވެ. މީގެ ތެރޭގައި ހިމެނެނީ ފުލް އަދި ޕާޝަލް ސްކޮލަރޝިޕްތަކެވެ. މި އަހަރުގެ ސްކޮލަރޝިޕްތަކުގައި ކިޔެވޭނެ ދާއިރާތަކުގެ ތެރޭގައި އާކިޓެކްޗަރ، މެޑިސިން، ސައިކޮލޮޖީ، އެޕްލައިޑް އިންޖިނިއަރިންގ ޓެކްނޮލޮޖީ، މަލްޓިމީޑިއާ، ސިވިލް އިންޖިނިއަރިންގ އަދި އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލެވޭނީ ކ. އަތޮޅުގައި މަދުވެގެން 5 އަހަރު ދިރިއުޅެފައިވާ، އުމުރުން 17 އާއި 35 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ކުށުގެ ރެކޯޑެއް ނެތް، އަދި ކުރިން މިފެންވަރުގެ ނުވަތަ މަތީ ފެންވަރެއްގެ ކޯހެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށެވެ.
އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ތައުލީމީ ސެޓްފިކެޓްތަކާއި، ސީވީ، ޕޮލިސް ރިޕޯޓް، އައިޑީ ކާޑު ކޮޕީ އަދި ޕާސްޕޯޓް ސައިޒް ފޮޓޯއެއް ހިމެނެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 2025 މެއި 22 ވާ ބުދަ ދުވަހުގެ ރޭ 10:00 އެވެ. އެޕްލިކޭޝަންތައް ހުށަހެޅޭނީ ކ. އަތޮޅު ކައުންސިލް އިދާރާއަށް ސީދާ ގެންގޮސް ނުވަތަ [email protected] އަށް އީމެއިލް ކޮށްގެންނެވެ. އިތުރު މައުލޫމާތު ހޯދުމަށް 6644234 އަށް ގުޅުއްވުމަށް ކައުންސިލުން އަންގަވާފައިވެއެވެ.



