Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ގާތުންދަނީ ބަލަމުން: ޚާރިޖީ ވުޒާރާ

ad image

ގުޅުންހުރި ލިޔުންތައް


ޕާކިސްތާނުގެ އާއްމު ހާލަތު ގޯސްވެ، ދަތިތައް ދިމާވާނަމަ ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނަށް އެހީ ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ދެއްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ހާލު އެވުޒާރާއާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ގާތުން ބަލަމުންގެންދާ ކަމަށެވެެ. އަދި ޕާކިސްތާނުގައި ދިރިއުޅޭ އެންމެހައި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާގެ ބަޔާނުގައިވަނީ ޕާކިސްތާނުގެ މަޝްރަހު މިހާރަށްވުރެ ގޯސްވާނަމަ، ޕާކިސްތާނުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެވުޒާރާއިން ވިދާޅުވީ ޕާކިސްތާނުގައި ކިޔަވާ މަރުކަޒުތަކާއި އޮފީސްތައް، އާންމު ހާލަތުގައި މިވަގުތު މަސައްކަތްކުރަމުންދާ ކަމަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން، ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް މައުލޫމާތު ދީފައިވާކަމަށެވެ.

ޚާރޖީ ވުޒާރާއިންވަނީ މިދަނޑިވަޅުގައި ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއްދީ، ޕާކިސްތާނުގެ ސަރުކާރާއި ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އެ ޤައުމުގައި މިވަގުތު ތިބި ހުރިހާ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަމެއް ދިމާވެއްޖެނަމަ ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ނުވަތަ ވުޒާރާގެ ހޮޓްލައިނަށް ގުޅުމަށްވެސް ޚާރިޖީ ވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ.

އިންޑިޔާއާއި ޕާކިސްތާނުން ދަނީ ކަޝްމީރުގައި ދެ ޤައުމު ގުޅޭ ސަރަޙައްދުގައި ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާދެމުންނެވެ. އެ ޙަމަލާތަކުގައި ދެ ޤައުމުގެ ޢާންމުންގެ ގިނަ ބަޔަކު ވަނީ މަރުވެފައެވެ. އިންޑިޔާއާއި ޕާކިސްތާނުގެ ދެމެދުގައި މިހާރު ވަނީ ހަނގުރާމަތަކެއް ބަދަލުކުރަން ފަށާފައެވެ. ނިއުކްލިއަރ ހަތިޔާރުގެ ޤާބިލުކަން ހޯދާފައިވާ އިންޑިޔާއާއި ޕާކިސްތާނުން ބަރުހަތިޔާރު ބޭނުންކޮށްގެން ޙަމަލާބަދަލުކުރަން ފެށީ އިންޑިޔާއިން ޕާކިސްތާނަށް ބެލިސްޓިކް މިސައިލް ޙަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އިންޑިޔާއިން ބުނެފައި ވަނީ އޮޕަރޭޝަން ސިންދޫރުގެ ދަށުން ޕާކިސްތާނުގެ ނުވަ ސަރަޙައްދަކަށް ޙަމަލާ ދިނީ އިންޑިޔާގެ ކަޝްމީރުގައި އޭޕްރިލް 22ވަނަ ދުވަހު ފަތުރުވެރިން ތިބި ސަރަޙައްދަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ބަޑީގެ ޙަމަލާތަކެއްގައި ޢާންމުންގެ 26 މީހުން މަރުވުމުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ